ކަން އޮތްގޮތް



1.
ގޮހޯ މިހުރީ މިތާ ދުރުގައި،
ފޮހޯ ކޮށެނީ ޅިހަށް ކަމުގައި،
އޮހޯ އަޚުނޭ މަށަށް އަދުގައި،
ޅޮހޯ ރަނގަޅީ! ޅޮހޯ ރަނގަޅީ!
2.
ނަށަން ނުކުތަސް ދަށަށްމެ ދަނީ،
މަށަށް ނުދަތަސް ކޮށަން އުޅެނީ،
ފަށަން ކަނޑުލަށް ލުމަށް މިބުނީ،
ޅޮހޯ ރަނގަޅީ! ޅޮހޯ ރަނގަޅީ!
3.
ރާއަކުލަ ކަނަހަދުން ރިފިސާ،
އާރު ހިރުނދަށްވުރެން ހަރުމާ،
ލާށަ ތެދެކޭ އަލަށް މައްޔާ،
ޅޮހޯ ރަނގަޅީ! ޅޮހޯ ރަނގަޅީ!
4.
އަދަށް ނެތަކަސް މޮށޭ އޮޑަލެއް،
މަދަށް ނުވަނަސް ވަޅީގެ ތުނޑެއް،
ހަދަން ނިރޮޅަށްވުރެން ވަވަތެއް،
ޅޮހޯ ރަނގަޅީ! ޅޮހޯ ރަނގަޅީ!
5.
ވުނަސް ނުދުގެންދަކަށް ހެދި ޢީ،
ބުނަސް ލިތި ހައިވަކަރު ހުދު ރީ،
ހުނަސް ހުންގާނަކަށް ހަކު މީ،
ޅޮހޯ ރަނގަޅީ! ޅޮހޯ ރަނގަޅީ!
6.
ދާކު ބެލިދާ ވަރަށްވެސް ހޯ،
ކާނި ފުނައަށްވުރެން ސަހަރޯ،
ލާށަ ކުނބު ވައްގަޑަށް އައްދޯ،
ޅޮހޯ ރަނގަޅީ! ޅޮހޯ ރަނގަޅީ!
7.
ސޫރަ ބުރުނޭ ތިރީ ހެންވާ،
ދޫނި ހެދުމަށް ނުވެސް ހުންގާ،
ފޫރު ވަރަކަށް ވުރެން މޮޅު ކާ،
ޅޮހޯ ރަނގަޅީ! ޅޮހޯ ރަނގަޅީ!
8.
ބަޅާ ގުދު ނެތް ތިރީޑުގެފާ،
ފަޅާނު އަޅަން ބުލިސް ލިޖުސާ،
އަޅާށަ ކުނބާ ނުވެސް ފަރުމާ،
ޅޮހޯ ރަނގަޅީ! ޅޮހޯ ރަނގަޅީ!
9.
ގޯނު ބެލިޔަސް ހަކަންހެންވާ،
މޯރު ފުރޮޅަށް ލުމަށް އަދިސާ،
ރޯފުރޮޅު ރަށްވުރެން ވަކައާ،
ޅޮހޯ ރަނގަޅީ! ޅޮހޯ ރަނގަޅީ!
10.
ލަމުން ދިލައި ވަޔަށް ހުރެފައި،
ނަމުން ނުކިޔާ ބުނީ މި އަނާ،
ގަމުން އަން ކަންތަކަށް ހުރިހާ،
ޅޮހޯ ރަނގަޅީ! ޅޮހޯ ރަނގަޅީ!
11.
ދިވިލްނުދަނިސް ހަލުއި އެއަޚުން،
ރިވިލްކެނޑުނަސް މިޖިސްމުތަކުން،
ސިވިލްޒޭޝަންވިޔަސް ނުސަފުން،
ޅޮހޯ ރަނގަޅީ! ޅޮހޯ ރަނގަޅީ!
12.
ދިޔަސް ނެތިގެން ކަމެއް ތާޒާ،
ވިޔަސް ހުޅުގައި އެކީ ރާޒާ،
ކިޔަސް ދީއޭ އިތުރު އާޒާ،
ޅޮހޯ ރަނގަޅީ! ޅޮހޯ ރަނގަޅީ!
13.
ވުނަސްނުދުގެން އަރައި ކުރިއަށް،
ނުނަސް ނުފެމުން ނަޖާ އަޚުނަށް،
ބުނަސް ލިނުޙެއް ފަލާ ދީބަށް،
ޅޮހޯ ރަނގަޅީ! ޅޮހޯ ރަނގަޅީ!
14.
ދަނީ އަކުތޯ ފެނޭވެރިވައު،
ކަނީގައި އިނދެ އަރާ ޅުވެފައު،
ވަނީގޮ ޙިމާރުތާ މުގެ ޤައު،
ޅޮހޯ ރަނގަޅީ! ޅޮހޯ ރަނގަޅީ!