ހަދިޔާކުރެއްވުން

މަހަރު އީމަޖައްލާއަކީ ޒަވާޖީ ޙަޔާތަށް ޚާއްޞަ މަޖައްލާއެއް ކަމުގައިވާތީ، މި މަޖައްލާ ޢާންމުކޮށް ހުޅުވައިލުމަކީ މަނާކަމެކެވެ. އެހެންކަމުން މި މަޖައްލާއަށް ވެދެވަޑައިގެންނެވޭނީ ހަދިޔާކުރައްވައިގެން ޒިންމާދާރުކަމާއެކުގައެވެ. ހަދިޔާކުރެއްވުމުގެ ކުރިން، ތިބާގެ މޮބައިލް ފޯނުން ނުވަތަ ތިބާ ބޭނުންކުރައްވާ ޑިވައިސް އިން މަހަރަށް ވަދެވޭތޯ ބެއްލެވުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެ ކަމަށް ޓަކައި މިތަނަށް ފިއްތަވައިލައްވާށެވެ. ޔޫސަރނޭމަކީ 1234 އެވެ. ޕާސްވޯޑަކީ 2222 އެވެ.

ޗައިނާގައި އުފައްދާފައިވާ ބައެއް މޮބައިލް ފޯނުން މަހަރަށް ވަންނަން ދަތިވާކަން ވަނީ ފާހަގަކުރެވިފައެވެ. ސެމްސަން މޮބައިލް ފޯނާއި، ޕީސީއާއި ލެޕްޓޮޕް ފަދަ ވަސީލަތްތަކުން ދަތިކަމަކާ ނުލައި މަހަރަށް ވަދެވެއެވެ. ނަމަވެސް ބައެއް ރެޑްމީ (Redmi) ފޯނުން ނުވަދެވިދާނެއެވެ. މި ކަން ތަޖުރިބާކުރައްވާފައިވާ ބައެއް ބޭފުޅުން މަޢުލޫމާތު ދެއްވާ ގޮތުގައި (Redmi) ގައި މަހަރު ހުޅުވެނީ (Google Chrome) އިންނެވެ. މަހަރުން އެދެނީ މަހަރަށް ވަދެވޭ ވަސީލަތެއް ބޭނުންކުރައްވައިގެން ވެންނެވުމަށެވެ.

މަހަރަށް ހަދިޔާ ކުރައްވާނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ބޭފުޅުންނެވެ.
1. އިންޓަރނެޓް ބޭނުންކުރަން އެނގުން
2. (Google Chrome) ބޭނުންކުރަން އެނގުން
3. އޮންލައިންކޮށް ހުންނަ ދިވެހި ލިޔުންތައް ކިޔަން އެނގުން
4. ޔޫސަރނޭމާއި ޕާސްވޯޑް ޖަހަން ރަނގަޅަށް އެނގުން
5. (Redmi) އިން ނުވަދެވޭނަމަ، އެ ނޫން ވަސީލަތަކުން މަހަރަށް ވަނުން

މަހަރުގެ އެންމެ ފަހުގެ ޢަދަދަށް ހަދިޔާކުރައްވާނީ 100 (އެއް ސަތޭކަ) ރުފިޔާއެވެ. އެންމެ ފަހުގެ ޢަދަދުން ފެށިގެން ތިން ޢަދަދަށް ނަމަ ހަދިޔާކުރައްވާނީ 300 ރުފިޔާއެވެ. (ގިނަ ބޭފުޅުން ހަދިޔާކުރައްވަނީ 300 ރުފިޔާއެވެ. އޭރުން، ހިނގަމުންދާ ޢަދަދާއި ކުރިއަށް އޮތް ދެ ޢަދަދު، މެދުނުކެނޑި ކުރިއަށް ގެންދެވޭނެއެވެ.)

މަހަރަށް ވެންނެވުމަށް ޓަކައި ހަދިޔާކުރައްވާނީ ތިރީގައި ވާ އެކައުންޓަށެވެ.

Abdl M. Hassan
BML
7701131167101

ޔޫސަރނޭމާއި ޕާސްވޯޑް ލިބިވަޑައިގަންނަވާނީ، ހަދިޔާ ޖަމާކުރެއްވި ރަސީދު ނުވަތަ (Receipt) ތިރީގައިވާ ފޯނު ނަންބަރަށް ވައިބަރކޮށްލެއްވުމުންނެވެ.
ވައިބަރ ނަންބަރު: 9763216
ޔޫސަރނޭމާއި ޕާސްވޯޑް ފޮނުވޭނީ، ރަސީދު (Receipt) ވައިބަރކުރެއްވި ފޯނު ނަންބަރަށެވެ.
ޔޫސަރނޭމާއި ޕާސްވޯޑް، އެހެން ނަންބަރަކަށް ނުފޮނުވޭނެއެވެ.
މަހަރުގެ ޢަދަދުތައް ހުޅުވައިލެއްވޭނީ ޔޫސަރނޭމާއި ޕާސްވޯޑް ޖައްސަވައިގެންނެވެ.

ހަދިޔާކުރެއްވުމުން ފޯރުކޮށްދެވޭނީ، މަހަރުގެ އެންމެ ފަހުގެ ޢަދަދެވެ. އެއާ އެކު، އޭގެ ކުރިން ނުކުމެފައި ވާ ހުރިހައި ޢަދަދެއް ހިލޭ ފޯރުކޮށްދެވޭނެއެވެ.

35 ވަނަ ޢަދަދު
ނެރުމަށް ހަމަޖެހިފައިވާ ތާރީޚު: 1 މޭ 2026
35 ވަނަ ޢަދަދު ދެމިއޮންނާނެ މުއްދަތު: މޭ، ޖޫން، ޖުލައި، އޮގަސްޓް
މި ޢަދަދަށް ހަދިޔާކުރައްވާނީ 100 ރުފިޔާއެވެ.

36 ވަނަ ޢަދަދު
ނެރުމަށް ހަމަޖެހިފައިވާ ތާރީޚު: 1 ސެޕްޓެންބަރު 2026
36 ވަނަ ޢަދަދު ދެމިއޮންނާނެ މުއްދަތު: ސެޕްޓެންބަރު، އޮކްޓޫބަރު، ނޮވެންބަރު، ޑިސެންބަރު
މި ޢަދަދަށް ހަދިޔާކުރައްވާނީ 100 ރުފިޔާއެވެ.

37 ވަނަ ޢަދަދު
ނެރުމަށް ހަމަޖެހިފައިވާ ތާރީޚު: 1 ޖަނަވަރީ 2027
37 ވަނަ ޢަދަދު ދެމިއޮންނާނެ މުއްދަތު: ޖަނަވަރީ، ފެބްރުވަރީ، މާރިޗު، އެޕްރީލް
މި ޢަދަދަށް ހަދިޔާކުރައްވާނީ 100 ރުފިޔާއެވެ.

ކުރިޔަށް ހަދިޔާކުރައްވާފައިވާ ބޭފުޅުންނަށް، އަލަށް ނިކުންނަ ޢަދަދަށް ވަނުމުގެ މަޢުލޫމާތު ފޮނުވައިދެވޭނީ، އެ ޢަދަދެއް ނިކުތުމުންނެވެ.

މަތީގައި ބަޔާންވެފައި ވާ އެއްވެސް ކަމަކަށް ބަދަލެއް އަތުވެއްޖެ ނަމަ، އެ ބަދަލަކާ ބެހޭ މަޢުލޫމާތު މި ޞަފުޙާގައި ޝާއިޢުކުރެވޭނެއެވެ.

ފިހުރިސްތު