ސުވާލާއި ޖަވާބު

މިއީ މަހަރާ ބެހޭ ގޮތުން ކިޔުންތެރިން ހުށަހަޅުއްވާ ސުވާލުތަކުގެ ޖަވާބު ޝާއިޢުކުރެވޭ ޞަފުޙާއެވެ.
ތިރީގައި މިވަނީ މިހާތަނަށް ހުށަހެޅިފައިވާ ބައެއް ސުވާލާއި އޭގެ ޖަވާބެވެ.

ސ 1: މަހަރު އީމަޖައްލާގެ ޕާސްވޯޑް ލިބޭނީ ކިހިނަކުންތޯއެވެ؟
ޖ 1: މަހަރު އީމަޖައްލާގެ ޕާސްވޯޑް ލިބިވަޑައިގަންނަވާނީ ހަދިޔާކުރެއްވުމުންނެވެ. މިތަނަށް ކްލިކްކޮށްލެއްވުމުން ހަދިޔާކުރެއްވުމާ ބެހޭ ޞަފުޙާއަށް ވާޞިލުކޮށްދޭނެއެވެ.

ސ 2: މަހަރު އީމަޖައްލާއަށް ހަދިޔާކުރުމުން ލިބޭ ޔޫސަރނޭމާއި ޕާސްވޯޑް ބޭނުންކޮށްގެން ހުޅުވޭނީ ހަދިޔާކުރި ޢަދަދު އެކަނިތޯއެވެ؟
ޖ 2: ހަދިޔާކުރެއްވުމުން ފޯރުކޮށްދެވޭ ޔޫސަރނޭމާއި ޕާސްވޯޑް އިން، އެ ޢަދަދާއި އޭގެ ކުރީގެ ޢަދަދުތައް ހުޅުވޭނެއެވެ. ހަދިޔާކުރެއްވި ޢަދަދުގެ ކުރީގެ ޢަދަދުތައް ފޯރުކޮށްދެނީ ހިލޭއެވެ.

ސ 3. ހަދިޔާކުރުމުން ވަގުތުން ޕާސްވޯޑް ލިބޭނެތޯއެވެ؟
ޖ 3. އާންމު އުޞޫލަކީ، ހަދިޔާކުރެއްވުމުން 5 މިނިޓާއި 10 މިނިޓާ ދެމެދުގެ އިރުކޮޅެއްގެ ތެރޭގައި ޕާސްވޯޑް ލިބުމެވެ. ނަމަވެސް ބައެއް ވަގުތުތަކުގައި ލަސްވެދާނެއެވެ. އަދި ރޭގަނޑު ދަންވަރު ހަދިޔާކުރެއްވުމުން ދުވާލަށް ލަސްވެދާނެއެވެ.

ސ 4. ހުރިހާ މޮބައިލް ފޯނަކުން މަހަރަށް ވަދެވޭނެތޯއެވެ؟
ޖ 4. ސެމްސަން މޮބައިލް ފޯނާއި، ޕީސީއާއި ލެޕްޓޮޕް ފަދަ ވަސީލަތްތަކުން ދަތިކަމަކާ ނުލައި މަހަރަށް ވަދެވެއެވެ. ނަމަވެސް ޗައިނާގައި އުފައްދާފައިވާ ބައެއް މޮބައިލް ފޯނުން މަހަރަށް ވަނުމުގައި ދަތިތަކެއް ކުރިމަތިވާކަން ވަނީ ފާހަގަކުރެވިފައެވެ. އެ ކަން ކުރިމަތިވި ބައެއް ބޭފުޅުން އެ މައްސަލަ ޙައްލުކުރެއްވި ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. މަހަރަށް ހަދިޔާކުރެއްވުމުގެ ކުރިން ތިބާގެ މޮބައިލް ފޯނުން ނުވަތަ ތިބާ ބޭނުންކުރައްވާ ޑިވައިސް އިން މަހަރަށް ވަދެވޭތޯ ބެއްލެވުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެ ކަމަށްޓައި މިތަނަށް ފިއްތަވައިލައްވާށެވެ! ޔޫސަރނޭމަކީ 1234 އެވެ. ޕާސްވޯޑަކީ 2222 އެވެ. ހުޅުވޭނެ ޞަފުޙާގެ ނަމަކީ "މަހަރަށް ވަދެވޭތޯ ބަލާ ޞަފުޙާ" އެވެ. ބައެއް ރެޑްމީ (Redmi) ފޯނުން މި ޞަފުޙާ ހުޅުވުނަސް، އެ އިން މަހަރުގެ ޢަދަދުތައް ނުހުޅުވެއެވެ. މި ކަމާމެދު ސަމާލުވާން ޖެހެއެވެ. މި ކަން ތަޖުރިބާކުރައްވާފައިވާ ބައެއް ބޭފުޅުން މަޢުލޫމާތު ދެއްވާ ގޮތުގައި (Redmi) ގައި މަހަރު ހުޅުވެނީ (Google Chrome) އިންނެވެ.

ސ 5. ޞަފުޙާ ހުޅުވޭތޯ ބެލުމަށްފަހު ހަދިޔާކޮށްފައިވަނިކޮށް، މުއްދަތު ހަމަވުމުގެ ކުރިން ނުވަދެވިއްޖެނަމަ ޙައްލަކީ ކޮބައިތޯއެވެ؟
ޖ 5. އިސްވެދިޔަ ސުވާލުގެ ޖަވާބުގައި ވާ ޞަފުޙާ ރަނގަޅަށް ހުޅުވޭނަމަ، މުއްދަތު ހަމަވުމުގެ ކުރިން ވަދެވޭނެއެވެ. ނަމަވެސް މިއާ ޚިލާފު ޙާލަތު ވަރަށް މަދުން ކުރިމަތިވެފައި ވެއެވެ. އެ ޙާލަތުގައި ފޯނު ރިސްޓާޓް ކޮށްލުމުން ހުޅުވޭ ކަމަށް ކިޔުންތެރިންގެ ކިބައިން މަޢުލޫމާތު ލިބިފައި ވެއެވެ. އަދި ބައެއް ފަހަރު ފޯނަށް މައްސަލައެއް ކުރިމަތިވުމުން ވެސް ނުވަދެވުމުގެ މައްސަލަ ކުރިމަތިވެފައި ވެއެވެ. މި ޙާލަތުގައި އެހެން ޑިވައިސްއަކުން (މިސާލަކަށް އެހެން ފޯނަކުން) ހުޅުވޭތޯ ބައްލަވައިލެއްވިދާނެއެވެ. އޭރުން ފޯނުގެ މައްސަލައެއްކަން ނުވަތަ ނޫންކަން އެނގިވަޑައިގަންނަވާނެއެވެ.

ސ 6: މަހަރު އީމަޖައްލާއަށް އެއްފަހަރު ހަދިޔާކުރީމާ، ހަދިޔާކުރި މުއްދަތު ހަމަވުމަށް ފަހުގައި ވެސް މަހަރުގެ ޢަދަދުތަކަށް ވަދެވޭނެތޯއެވެ؟
ޖ 6: މަހަރު އީމަޖައްލާގެ ޢަދަދުތަކަށް ވަދެވޭނީ ހަދިޔާކުރި މުއްދަތު ނިމެންދެނެވެ. އެ މުއްދަތު ހަމަވާއިރު ވާނީ އާ ޢަދަދެއް ނުކުމެފައެވެ. އެއަށްފަހު އާ ޢަދަދާއެކު އެހެން ޢަދަދުތަކަށް ވަދެވޭނީ ހަދިޔާކުރެއްވުމުންނެވެ.

ސ 7. ހަދިޔާކުރި މުއްދަތު ހަމަވުމަށްފަހު، އެ ޢަދަދުތަކަށް ނުވަދެވެނީ ކީއްވެތޯއެވެ؟
ޖ 7. މަހަރުގެ ޢަދަދުތައް އިންޓަރނެޓްގައި ބެހެއްޓެނީ އަގު ދައްކައިގެންނެވެ. މަހަރުގެ ޢަދަދުތައް ބެލެހެއްޓުމާއި މަރާމާތުކުރުމާއި ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށް ވެސް ވަގުތު ހޭދަވެއެވެ. އެހެންކަމުން، މުއްދަތު ހަމަވީމާ، ހިލޭ ވަދެވޭނެ އުޞޫލެއް މިހާތަނަށް ހަމަޖެއްސިފައެއް ނެތެވެ.

ސ 8: މަހަރުގެ ޢަދަދުތަކުގައިވާ ލިޔުންތައް ކޮޕީކޮށްގެން އެހެން ތަކެތީގައި ޝާއިޢުކުރުމަކީ ހުއްދަ ކަމެއްތޯއެވެ؟
ޖ 8: މަހަރުގެ އެއްވެސް ޢަދަދެއްގައިވާ އެއްވެސް ލިޔުމެއް ނުވަތަ އެއިން ބައެއް ނުވަތަ އޭގައިވާ އެއްޗެއް ކޮޕީކޮށްގެން އެހެން އެއްޗެއްގައި ޝާއިޢުކުރުމަކީ މަނާކަމެކެވެ. އަދި އެހެން މީހަކަށް ދިނުމަކީ ވެސް މަނާކަމެކެވެ.

ސ 9: މަހަރު މަޖައްލާގެ ޢަދަދެއް ނުވަތަ އެއިން ޢަދަދެއްގައިވާ ލިޔުމެއް، ޕީޑީއެފް ފޯމެޓަށް ލިބިދާނެތޯއެވެ؟
ޖ 9: މަހަރު މަޖައްލާގެ ޢަދަދުތަކާއި އެ ޢަދަދުތަކުގައިވާ ލިޔުންތައް މިހާރު ތައްޔާރުކުރެވެނީ، ޕީޑީއެފް ފޯމެޓަށް ނޫނެވެ. އަދި މަހަރުގައިވާ ލިޔުންތައް ނަކަލުކޮށްގެން ބެހުމަކީ މަޖައްލާގެ "ޙައްޤު" ގައި މަނާކޮށްފައިވާ ކަމެކެވެ. އެހެންކަމުން އެ ކަން ނުކުރެވޭނެއެވެ.

ސ 10: މަހަރު މަޖައްލާގެ ޔޫސަރނޭމާއި ޕާސްވޯޑް އެހެން މީހެއްގެ އަތުން ހޯދައިގެން، މަޖައްލާއަށް ވަނުމަކީ ހުއްދަ ކަމެއްތޯއެވެ؟
ޖ 10: މަހަރު މަޖައްލާގެ ޔޫސަރނޭމާއި ޕާސްވޯޑް ފޯރުކޮށްދެނީ ހަދިޔާކުރައްވާ ބޭފުޅަކަށެވެ. އެ ބޭފުޅަކު އެހެން ފަރާތަށް އެ ދެއްވުމަކީ މަނާކަމެކެވެ. އެ ބޭފުޅަކު އެ ކަން ކުރެއްވުމަކީ އެ ބޭފުޅެއްގެ ޔޫސަރނޭމާއި ޕާސްވޯޑް ކެންސަލްކުރެވިދާނެ ކަމެކެވެ. މަހަރު ބޭނުންކުރައްވަންވާނީ ޒިންމާދާރުކަމާ އެކުގައެވެ. އެހެނީ މި މަޖައްލާއަކީ އަށާރަ އަހަރުން މަތީގެ ބޭފުޅުންނަށް އަމާޒުކުރެވިފައިވާ އަދި ޒަވާޖީ ޙަޔާތަށް ޚާއްޞަ މަޖައްލާއެކެވެ.

ސ 11: މަހަރު މަޖައްލާއިން ވަނީ އަޅުގަނޑުގެ ފޯނު ނަންބަރު ބްލޮކްކޮށްފައެވެ. އެއީ ކީއްވެތޯއެވެ؟
ޖ 11: މަހަރު މަޖައްލާގެ ތާރީޚުގައި މި ހާތަނަށް ބްލޮކްކުރެވިފައި ވަނީ ތިން ފަރާތެއްގެ ފޯނު ނަންބަރެވެ. އެ ދެ ފަރާތުގެ ފޯނު ނަންބަރު ބްލޮކްކުރީ، އެ ތިން ފަރާތުން މަހަރު މަޖައްލާއަށް ގުޅައި، ބިރުދައްކައި، އައުގުރާނަ ގޮވާފައި ވާތީއެވެ.

ސ 12: މަހަރު މަޖައްލާއިން އަޅުގަނޑަށް ޚިދުމަތެއް ނުލިބުނެވެ. އެއީ ކީއްވެތޯއެވެ؟
ޖ 12: މަހަރު މަޖައްލާގެ ތާރީޚުގައި ޚިދުމަތް ފޯރުކޮށްދެވިފައި ނުވަނީ ތިން ފަރާތަކަށެވެ. އެ ފަރާތްތަކަށް ޚިދުމަތް ދެވިފައި ނުވަނީ، ފަހުން ކުރިމަތިވެދާނެ މައްސަލައަކުން ސަލާމަތްވުމަށް ޓަކައެވެ. ތިރީގައި މި ވަނީ ޚިދުމަތް ނުދެވިދާނެ ސަބަބުތަކެވެ.
ޔޫޒަރނޭމް ނުވަތަ ޕާސްވޯޑް ޖަހަން ނޭނގުން.
މަހަރުން ދޭ އިރުޝާދުތަކާ އެއްގޮތަށް މަހަރަށް ވަންނަން ނޭނގުން.
މަހަރު މަޖައްލާ ފޯރުކޮށްދޭ ގޮތް ނޫން އެހެން ގޮތަކަށް ހޯދަން އުޅުން.
އަޚުލާޤީ ގޮތުން ދަށު ދަރަޖައިގެ މުޢާމަލާތެއް ކުރުން.
ސާފުކޮށް އޮޅުންފިލުވައިދެވިފައި ވާ ކަންކަމާމެދު ޝައްކު އުފައްދައި، ބޭކާރު ސުވާލުތައް ކުރުން: މި ފަދަ ފަރާތްތަކަށް މަޖައްލާ ފޯރުކޮށް ނުދެވެނީ، ފާއިތުވެދިޔަ ތަނުގައި މި ފަދަ ފަރާތްތަކުން ކުރިމަތިކުރުވާ ތުރާތައް ގިނަކަމުންނެވެ.

ސ 13: މިހާރު ވެސް މަހަރަށް އިޝްތިރާކު ދައްކަންޖެހޭތޯއެވެ؟
ޖ 13: މިހާރު ވަނީ، މަހަރަށް އިޝްތިރާކު ދެއްކުން އުވާލެވިފައެވެ. މިހާރު ހަމަޖެހިފައިވަނީ ހަދިޔާކުރުމެވެ.

ސ 14: މަހަރަށް ހަދިޔާކުރުމާއި އިޝްތިރާކު ދެއްކުމާ ދެ އިޚުތިޔާރު ކުރިން އޮތީ ކީއްވެތޯއެވެ؟
ޖ 14: ކުރިން އެ ދެ އިޚުތިޔާރު ހަމަޖެއްސިފައި ވަނީ، ބައެއް ކިޔުންތެރިން އެ ގޮތް ބޭނުންފުޅުވާތީއެވެ. ނަމަވެސް އެއީ ގިނަ ކިޔުންތެރިންނަށް އުނދަގޫ ގޮތެއްކަން ފާހަގަކުރެވުމުން، އިޝްތިރާކުގެ ބައި އުވައިލެވުނީއެވެ.

ސ 15: ފޯނުން ޔޫސަރނޭމާއި ޕާސްވޯޑް ޖެހުމުން ބައެއް ފަހަރު ނުވަދެވެނީ ކީއްވެގެންތޯއެވެ؟
ޖ 15: ފޯނުން ޔޫސަރނޭމާއި ޕާސްވޯޑް ޖެހުމުން ނުވަދެވޭކަމަށް ބައެއް ފަރާތްތަކުން މަޢުލޫމާތު ދީފައި ވެއެވެ. އެ ކަން ކުރިމަތިވަނީ، މަހަރުން ދީފައި ވާ ގޮތަށް ޔޫސަރނޭމާއި ޕާސްވޯޑް ނުޖެހޭތީއެވެ. އެ ކަން ގުޅިފައި ވަނީ، ފޯނުގެ ސެޓިންގްސް ހެދިފައި ވާ ގޮތާއެވެ. ބައެއް ފޯނުން ޔޫސަރނޭމާއި ޕާސްވޯޑް ޖަހާއިރު، ތިރިއަށް ރޮނގުބުރިއެއް އަރައެވެ. ބައެއް ފޯނުން ޔޫސަރނޭމް ނުވަތަ ޕާސްވޯޑަށް ކޮމާކޯޅިއެއް އިތުރުކުރެއެވެ. ބައެއް ބޭފުޅުން އިތުރު ސްޕޭސްއެއް ދެއްވައެވެ. މި ބާވަތުގެ އެއްވެސް ކަމެއް ހިނގައިފި ނަމަ މަހަރަށް ނުވަދެވޭނެއެވެ. އަދި (Incorrect password) މި މެސެޖް ދޭނެއެވެ.

ސ 16: މަހަރަށް ވަންނަ ލިންކަކީ ކޮބައިތޯއެވެ؟
ޖ 16: މަހަރަށް ވަންނަ ލިންކަކީ، މަހަރުން ޔޫޒަރނޭމާއި ޕާސްވޯޑް ފޮނުވައިދޭ މެސެޖްގެ، ޔޫޒަރނޭމާއި ޕާސްވޯޑްގެ ތިރީގައި ވާ ލިންކެވެ.

ފިހުރިސްތު